ތ. ގުރައިދޫ ކައުންސިލްގެ ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި

16 އޯގަސްޓް 2026 - 06:53

މި ބައްދަލުވުން ބާއްވާފައިވަނީ 23 ޖުލައި 2026 ވީ ބުރާސްފަތި ދުވަހުއެވެ. ތ. ގުރައިދޫގައި ބޭއްވި މި ބައްދަލުވުމުގައި ކައުންސިލާއި ރަށުގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓް ހުށަހެޅިގެން ދިޔައެވެ. އަދި ކައުންސިލުން މިއަހަރު ކުރިއަށް ކުރުމަށް ރޭވިފައިވާ އިތުރު ކަންކަންވެސް ބައްދަލުވުމުގައި ބައިވެރިވި ރައްޔިތުންނާ ހިއްސާ ކުރެވުނެވެ.
މީގެ އިތުރުން، މިއަހަރާއި ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރެވޭ ބަޖެޓްވެސް ބައްދަލުވުމުގައި ހިއްސާ ކުރެވުނެވެ. ބަޖެޓް ހިއްސާ ކުރެވުމަށްފަހު، ކައުންސިލުން ރާވަމުން އަންނަ އެހެނިހެން ބައެއް ކަންކަމާ ގުޅޭ ގޮތުންވެސް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދިގެން ދިޔައެވެ.
ބައްދަލުވުމުގެ ތެރެއިން ރައްޔިތުންނަށް ސުވާލު ކުރުމާއި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދެވި، ރައްޔިތުން ހުށަހެޅި ސުވާލުތަކާއި ޝަކުވާތަކަށް ކައުންސިލުން ޖަވާބު ދިނެވެ.