ފުރަތަމަ ޞަފްޙާ/ކައުންސިލްގެ ޒިންމާތައް

ކައުންސިލްގެ ޒިންމާތައް

ޤާނޫނީ އޮނިގަނޑާއި އިޚްތިޞާޞް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ ބާބާއި، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި އެ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުގެ ދަށުން، ކ. ގުރައިދޫ ކައުންސިލަށް ލިބިދޭ އިދާރީ، ޤާނޫނީ އަދި މުނިސިޕަލް އިޚްތިޞާޞްތަކާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކުރެވެއެވެ.

ސަރަޙައްދީ އަދި ބިމުގެ އިޚްތިޞާޞް

ކ. ގުރައިދޫގެ އެންމެހައި ބިމާއި ފަޅު ބެލެހެއްޓުމާއި، ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ބިން ބޭނުންކުރުމާއި ދޫކުރުން.

ތަރައްޤީގެ ޕްލޭނާއި މާލީ ބާރުތައް

ރަށުގެ 5 އަހަރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމާއި، ކައުންސިލްގެ ބަޖެޓާއި އާމްދަނީ ބެލެހެއްޓުން.

މުނިސިޕަލް ޚިދުމަތްތަކާއި ސާފުތާހިރުކަން

ކުނި މެނޭޖުކުރުމާއި، މަގުބައްތި ބެލެހެއްޓުމާއި، ބަނދަރާއި ފަޅު ބެލެހެއްޓުމާއި ޢާންމު ތަންތަން ސާފުކޮށް ބެލެހެއްޓުން.

ޤަވާޢިދު ހެދުމާއި ތަންފީޒުކުރުން

ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތަށް ރަށުގެ ކަންކަން އިންތިޒާމުކުރުމަށް ޤަވާޢިދުތަކާއި އުޞޫލުތައް އެކުލަވާލައި ތަންފީޒުކުރުން.