ކޮޅުމަޑުލު ގުރައިދޫ ކައުންސިލަކީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ) ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މި ކައުންސިލްގައި ކޮޅުމަޑުލު ގުރައިދޫ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 5 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ޤާއިމްކޮށްފައެވެ. މިގޮތުން މިއިދާރާ އުފެދިފައިވަނީ ކޮޅުމަޑުލު ގުރައިދޫގައެވެ. މި ކައުންސިލްގެ މައިގަނޑު މަސައްކަތަކީ ޤާނޫނުއަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ރަށް ހިންގައި، ރަށް ތަރައްޤީކޮށް، ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުން.
ތަސައްވަރު
ތ. ގުރައިދޫގައި ދީނީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ހޭލުންތެރި، ޒިންމާދާރު، އެއްބައިވަންތަ، އަދި ޢިޤްތިޞާދީގޮތުން ފުދުންތެރި، ބާރުވެރި، އަމާން މުޖުތަމަޢުއެއް ބިނާކުރުމެވެ.
މިޝަން
ޤާނޫނު ނަންބަރު: 2010/07 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންކުރާ ރަށްވެހި ޚިދުމަތްތައް ފުރިހަމަކަމާއި ހަމަހަމަކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، މި ޚިދުމަތްތައް ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ލިބޭކަން ކަށަވަރު ކުރުމާއެކު، މި ޚިދުމަތްތައް ރަށުގައި އިތުރަށް ތަރައްޤީ ކުރެވޭނެ މަގުތައް ފަހިކުރުން.