ފުރަތަމަ ޞަފްޙާ/މިޝަން އަދި ވިޝަން

މިޝަން އަދި ވިޝަން

ތަޞައްވުރު (Vision)

ދެމެހެއްޓެނިވި އިޤްތިޞާދީ، އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއާއެކު، ފުދުންތެރި، އަމާން، އުފާވެރި، އަދި އެކުވެރި މުޖުތަމަޢެއް ދިރިއުޅޭ ނަމޫނާ ޖަޒީރާ ރަށަކަށް ކ. ގުރައިދޫ ހެދުން.

ރިސާލަތު (Mission)

ރައްޔިތުންގެ ޙިއްޞާއާއި ބައިވެރިވުން އިތުރުކޮށް، ދެފުށްފެންނަ، އިންސާފުވެރި، އަދި ޒިންމާދާރު އުޞޫލުތަކަކުން ފެންވަރު ރަނގަޅު މުނިސިޕަލް އަދި އިދާރީ ޚިދުމަތްތައް ފޯރުކޮށްދިނުން. އަދި ރަށުގެ ޤުދުރަތީ ވެއްޓާއި ވަސީލަތްތައް ރައްކާތެރިކޮށް، އިޤްތިޞާދީ ފުރުޞަތުތައް ފުޅާކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރުން.

އަސާސީ ސިފަތަކާއި ޢަމާޒުތައް

ދެފުށްފެންނަ ވެރިކަން (Transparency)

ކައުންސިލްގެ އެންމެހައި ނިންމުންތަކާއި މާލީ މުޢާމަލާތްތަކަކީ ދެފުށްފެންނަ، ރައްޔިތުންނަށް ހާމަކަންބޮޑު ކަންކަމަށް ހެދުން.

އިޚްލާޞްތެރިކަމާއެކު ޚިދުމަތްދިނުން (Integrity)

ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަކަމާއި އިޙްތިރާމާއެކު އަވަސް، އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުން.

ރައްޔިތުންގެ ބައިވެރިވުން (Community Inclusivity)

ރަށުގެ ތަރައްޤީގެ ޕްލޭންތަކާއި މުހިންމު ކަންކަމުގައި އަންހެނުން، ޒުވާނުން އަދި ހުރިހާ ފަރާތްތަކުގެ ޚިޔާލާއި ބައިވެރިވުން ހޯދުން.

ތިމާވެށި ޙިމާޔަތްކުރުން (Sustainability)

ރަށުގެ ގޮނޑުދޮށާއި ފަޅު، އަދި ފެހިކަން ރައްކާތެރިކޮށް، ކުނި މެނޭޖުކުރުމުގެ ޒަމާނީ ނިޒާމެއް ޤާއިމުކުރުން.