ތ. ގުރައިދޫ ކައުންސިލާއި އިސްލާމީ ކަންތައްތަކާއި އައުފާޤާބެހޭ ވުޒާރާ ގުޅިގެން ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދަރުސެއް ބާއްވައިފި

12 ޖުލައި 2026 - 13:04

މި ދަރުހަކީ ތ. ގުރައިދޫ ކައުންސިލާއި އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާ ގުޅިގެން ‘’ރިޒުޤު ހޯދުމުގައި ހަލާލުގޮތް އިޚްތިޔާރުކުރުން’’ މި ނަމުގައި 2026 ޖުލައި 9 ވަނަ ދުވަހުގެރޭ ބޭއްވުނު ޚާއްޞަ ޕަބްލިކް ދަރުހެކެވެ. ދަރުހަށްފަހު ޢާއްމުންގެ ސުވާލު ތަކަށް ޖަވާބު ދިނުން ކުރިޔަށް ގެންދެވުނެވެ. ތ. ގުރައިދޫ ބަނދަރު ސަރަޙައްދުގައި ކުރިއަށް ގެންދެވުނު މި ދަރުސް ދެއްވީ އައްޝައިޚް މުޙައްމަދު ޣާލިބު ޝާހިދު އެވެ.