ދުނިޔޭގެ ތިމާވެށީގެ ދުވަސް

17 ޖޫން 2026 - 11:43

ދުނިޔޭގެ ތިމާވެށިގެ ދުވަހާއި ގުޅިގެން ކައުންސިލުން އިސްނަގައިގެން މުވައްސަސާތަކާއި، ކްލަބް ޖަމްއިއްޔަތަކާއި، އާންމު ރައްޔިތުން ގުޅިގެން ރަށުގައި ޕްރޮގްރާމްތަކެއް ވަނީ ބާއްވާފައެވެ. މި ޕްރޮގްރާމްތަކުގެ ތެރޭގައި ރަށުގެ ބައެއް ސަރަހައްދުގައި ގަސްއިންދުމާއި، ރަށުގެ ގޮނޑުދޮށާއި ހޭޅިފަށް ސާފުކުރުމާއި، ކަނޑޫފާ ސަރަހައްދު ސާފުކުރުން ހިމެނެއެވެ. ޕްރޮގްރާމްތަށް ހިންގުމުގެ މަޤްޞަދަކީ ރަށް ފެހިކުރުމާއި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ރަށުގައިވާ ގުދުރަތީ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއެކު ބެލެހެއްޓުމެވެ. ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމާލުމަށް މުވައްސަސާތަކާއި ކްލަބު ޖަމްޢިއްޔާތަކައި ރައްޔިތުންގެ ފަރާތުން ލިބިގެން ދިޔަ ތަރުޙީބު ފާހަގަކޮށްލެވެއެވެ.