ރަށުގެ ތަރައްޤީއާގުޅޭ ކަންކަމުގައި މުއައްސަސާތަކާ ޖަމްޢިއްޔާތަކާއެކު ކައުންސިލުން މަޝްވަރާކުރުން

8 ޖޫން 2026 - 13:37

ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ މެންބަރުންނާއި އަންހެނުންގެ ތައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން، ރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމްޢިއްޔާތަކާ ބައްދަލުކޮށް ރަށުގެ ތަރައްޤީއަށް މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި ހުރިހާ މުއައްސަސާތަކެއްގެ ބައިވެރިވުން އިތުރުކުރުމާއި، ގުޅިގެން މަސައްކަތް ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ. ބައްދަލުވުމުގެ ބައިވެރިން ވަނީ ރަށަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް، އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމަކީ ރަށުގެ އެއްބައިވަންތަކަން އާލާކޮށް، ކައުންސިލާއި ރަށުގެ އެކި ދާއިރާތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.