ތ. ގުރައިދޫގައި ކުލަގަދަކޮށް އަޟްހާޢީދު ފާހަގަކުރުން
ތ. ގުރައިދޫ އަކީ އަބަދުވެސް ކުލަގަދަކޮށް އިޖުތިމާޢީ ރޫޙެއްގައި ޢީދު ފާހަގަކުރަމުން އަންނަ ރަށެކެވެ. އެގޮތުން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށްޓަކައި، ކައުންސިލާއި، ރަށުގެ މުއައްސަސާތަކާއި، ކްލަބް ޖަމްޢިއްޔާތަކުގެ އިތުރުން އާންމު ރައްޔިތުން ގުޅިގެން ވަރަށް ފުރިހަމަ އަދި ތަފާތު ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.. މިއަހަރުގެ ބޮޑު ޢީދަކީވެސް ތ. ގުރައިދޫގައި އެއްބައިވަންތަކަމާއެކު ފާހަގަކުރި ކާމިޔާބު ޢީދެކެވެ. މި ޙަރަކާތްތަކުގެ ސަބަބުން ރަށުގެ އިޖުތިމާޢީ ގުޅުން ވަރުގަދަވެ، ޘަޤާފީ އާދަކާދަތައް ދިރުވައި، އެކުވެރިކަން އާލާވެގެންދިޔައެވެ.