5ވަނަ ދައުރުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރަސްމީ ފުރަތަމަ ބައްދަލުވުން ބާއްވައިފި.

20 މެއި 2026 - 10:37

ތ. ގުރައިދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ ކައުންސިލް ގެފުރަތަމަ ބައްދަލުވުން17 މޭ 2026ވަނަ ދުވަހުގެ 13:00 ބާއްވައިފިއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ދައުރުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފައިވަނީ 17 މޭ 20226 ވަނަ ދުވަހުގެ 14:50ގައެވެ. މިބައްދަލުވުމުގައި ކައުންސިލްގެ ނާއިބްރައީސާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ނާއިބްރައީސާ އިންތިހާބު ކުރެވުނެވެ. މިގޮތުން 5 ވަނަ ދައުރުގެ ކައުންސިލްގެ ނާއިބް ރައީސްކަމަށް އިންތިހާބުވީ ތ. ގުރައިދޫ ބޯޅަދނަޑުގެ، ޝަމީމް އިބްރާހީމެވެ. އަދި  އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ނާއިބްރާއީސާ ކަމަށް އިންތިހާބުވީ ތ. ގުރައިދޫ ބިންމާ، ފާޠިމަތު އަޒްލިފާ އެވެ. މި ދެބައްދަލުވުމުގައި ނިމިގެން ދިޔަ ދައުރު ހިނގާ ދިޔަގޮތުގެ ރިޕޯރޓް ހިއްސާކުރެވިފައިވެއެވެ.