ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލުން
ކަސްރަތު ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުސަތު
ކޮޅުމަޑުލު ގުރައިދޫ އ.ތ.މ ކޮމިޓީއާއި ކައުންސިލް ގުޅިގެން 15 ދުވަހުގެ މުއްދަތަށް 2026 އޮގަސްޓް 03 ވަނަ ދުވަހު ކަސްރަތު ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ނަންގަވައި ދެއްވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިފަދަ ޕްރޮގްރާމްތައް ހިންގަވަމުން ގެންދާ، ފަރާތެއް ކަމުގައިވާ އާމިނަތު މަދީހާ / ދަފްތަރު 9456 އެވެ. މި ޕްރޮގްރާމުގައި ޒުންބާ، މޫދުކަސްތަރު، އަދި މި ނޫނަސް އެތަށް ހަރަކާތް ތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމުގެ މަޢުލޫމާތު ސާފު ކުރެއްވުމަށް ކޮމެޓީގެ ނާއިބު ރައީސާ ފާޠިމަތު އަޒުލީފާ 7729222 އާއި ފޯނުން ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން 2026 ޖުލައި 23 ވަނަ ދުވަހު 14:00ގެ ކުރިން މިއިޢުލާނާއި އެކުގައިވާ ގޫގުލް ފޯރމް މެދުވެރިކޮށް ކައުންސިލަށް ފޯމް ހުށަހެޅުއްވުން އެދެމެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުން -/500 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.
https://forms.gle/gWY7PRtPE7f3sWuQ8
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.