ކައުންސިލްގެ ޔުނިޓްތައް

1.  އިދާރާ (އެޑްމިނިސްޓްރޭޓިވް) މަސައްކަތްތައް


·      މުވައްޒަފުން ބެލެހެއްޓުމާގުޅޭ (އެޗް. އާރު) މަސައްކަތްތައް

·      ޕްރޮކިއުމަންޓާގުޅޭ މަސައްކަތްތައް

·      އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުމާއިގުޅޭ މަސައްކަތްތައް

·      ބަޖެޓާއި ފައިސާއާގުޅޭ މަސައްކަތްތައް

·      އައިޓީ ސަޕޯޓާއި ޓްރަބްލްޝޫޓިންގއާގުޅޭ މަސައްކަތް

·      ޕަބްލިކް ރިލޭޝަންސް އަދި މީޑިއާއާގުޅޭ މަސައްކަތްތައް

·      އިވެންޓް މެނޭޖްމެންޓާގުޅޭ މަސައްކަތްތައް

·      ޤާނޫނީ ދާއިރާގެ މަސައްކަތްތައް

·      ސަޕޯރޓް ސަރވިސްއާގުޅޭ މަސައްކަތްތައް

·      އެއްގަމު އަދި ކަނޑުގައި ދުއްވާ އުޅަނދުތައް އޮޕަރޭޓްކުރުމާގުޅޭ މަސައްކަތްތައް

 

2.    އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމެންޓް ޔުނިޓްގެ މަސައްކަތްތައް
 

·      ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރައިމަރީ ހެލްތުކެއަރއާއި ޞިއްޙީ ރައްކާތެރިކަމާގުޅޭ އަސާސީ ޚިދްމަތްތައް ދިނުން.

·      ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރީސްކޫލްގެ ޚިދްމަތްތައް ދިނުމާއި، ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

·      ރަށުގެ ލައިބްރަރީ ހިންގުމާއި ރަށުގެ ރަސްމީ ލިޔުންތައް އަރުޝީފްކުރުމާއި، ރަށުގެ ތާރީޚީ އަދި ޤަދީމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ލައިބްރަރީގައި ބެލެހެއްޓުމާއި، ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މަޢުލޫމާތު ލިބޭނޭ އިންތިޒާމު ޤާއިމްކުރުން.

·      ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިޖްތިމާޢީ ރައްކާތެރިކަމުގެ ޚިދްމަތްދޭނެ މަރުކަޒު ހިންގުމާއި، ގޭތެރޭގައި ހިނގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި، އެފަދަ އަމަލުތަކާ ގުޅިގެން އަނިޔާ ލިބޭ ފަރާތްތަކަށް ހިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުސްކުޅިންނަށާއި ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުން.

·      ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ތައާރަޒްނުވާ ގޮތުގެމަތިން ރަށުން ބިންދޫކުރުމާއި، ބިމާއި ޢިމާރާތް ރަޖިސްޓްރީކުރުމާއި ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ޤަވާޢިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހާ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރަށުގެ ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި އެކިއެކި ފަރާތްފަރާތުން ރަށުގެ ބިމާ ގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހާ މުޢާމަލާތުތަކުގެ ރެކޯޑްތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މި ނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެމަތިން ބެލެހެއްޓުން.

·      ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވައި، އެ ދަފްތަރު ބެލެހެއްޓުމާއި ބިމާބެހޭ ޤައުމީ ދަފްރަތު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން.

·      މިސްކިތްތައް ބެލެހެއްޓުން.

·      ގަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައް ކުރެވޭނެ ނިޒާމު ޤާއިމްކޮށްދިނުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.

·      އާސާރީ ތަންތަން ބެލެހެއްޓުމާއި ސަގާފީ ކަންކަން ދިރުވައި ދެމެހެއްޓުން.

·      ދީނީ ގޮތުންނާއި ޤައުމީގޮތުން ފާހަގަ ކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް، ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުން.

·      ޕެސްޓް ކޮންޓްރޯލްކުރުން

·      ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުން.

·      ޝަރުޢީ ކޯޓްތަކުންކުރާ ޙުކުމްތައް ތަންފީޛުކުރުމުގައި ޝަރުޢީ ކޯޓްތަކަށާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެ ދިނުން.

·      ރަށު ކައުންސިލްގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުންނާއި އެކިއެކި ޤާނޫނުތަކުގެ ދަށުން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ކަންކަމާ ގުޅޭގޮތުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލް މެދުވެރިކޮށް ދޫކުރަން ކަނޑައަޅާ ހުއްދަތައް ދޫކުރުމާއި، އެފަދަ ހުއްދަތައް ބާޠިލްކުރުމާއި ރަޖިސްޓަރީ ހަދައިދުނުމާއި ބާޠިލްކުރުން.

·      އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުމާއި ރަށުގެ ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި، އެ ރަށެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެ ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.

 

3.    މުނިސިޕަލް ސާރވިސް އެންޑް އިންފްރާސްޓްރަކްޗަރ މެނޭޖްމަންޓް ޔުނިޓްގެ މަސައްކަތްތައް
 

·      ރަށުގެ މަގު ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން

·      އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެ މަތިން ރަށު ފެންވަރުގައި ކުނި ނައްތާލުން.

·      ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާމިނަލް ހަދައި ހިންގުން.

·      ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށްގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމު ތޮއްޓާއި ކަނޑު ތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން.

·      ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަރަންޓާ، ފެނާ، ފާޚާނާއާއި ނަރުދަމާގެ ނިޒާމު ފަދަ ޢާންމު ޚިދްމަތްތައް ހިންގައި ބެލެހެއްޓުން.

·      އިޖްތިމާޢީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ ޢާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި، ކުޅިވަރުގެ ވަސީލަތްތަކާއި، ޢާންމު ޕާކްތަކާއި، މުނިފޫހިފިލުވުމާބެހޭ ޚިދްމަތްތައް ފޯރުކޮށްދިނުން.

·      މަގުމަތި ކުނިކަހާ ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން.

·      ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން.

·      ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ގެސްޓްހައުސްތަކާއި ޢާންމު މާރުކޭޓްތަކުގެ ކަންކަން ހުރޭތޯބަލައި، އިސްލާހީ ފިޔަވަޅު އެޅުން.

·      މަގުމަތީގައި މީހުން ހިނގައި އުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި، އިންޖީން ނުލާ އެއްޗެހި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމްކޮށް ބެލެހެއްޓުމާއި، ޢާންމުންގެ އަތުން ފީ ނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުންދޭ ޚިދްމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމްކޮށް ބެލެހެއްޓުން.

·      ރަށު ކައުންސިލްގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުންނާއި އެކިއެކި ޤާނޫނުތަކުގެ ދަށުން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ކަންކަމާ ގުޅޭގޮތުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލް މެދުވެރިކޮށް ދޫކުރަން ކަނޑައަޅާ ހުއްދަތައް ދޫކުރުމާއި، އެފަދަ ހުއްދަތައް ބާޠިލްކުރުމާއި ރަޖިސްޓަރީ ހަދައިދިނުމާއި ބާޠިލްކުރުން.